ރާއްޖެއާއި ހޮންކޮން މެޗްގެ ޓިކެޓް މާދަމާ ހަވީރު 16:00 ގައި ވިއްކަން ފަށަނީ

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ހޮންކޮން މާލޭގައި ކުޅޭ މެޗްގެ ޓިކެޓް މާދަމާ ހަވީރު 16:00 އިން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑުން ވިއްކަން ފަށާނެ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
އެފްއޭއެމްއިން ބުނީ މާދަމާ ޓިކެޓް ވިއްކަން ފަށާއިރު ސިޑި ބަރީގެ ޓިކެޓް އެއް ވިއްކާނީ 50ރ. އަށް ކަމަށާއި، ގޮނޑި ބަރީގެ ޓިކެޓެއް 100ރ. އަށް ވިއްކާއިރު ވީ.އައި.ޕީ ގެ ޓިކެޓެއް ވިއްކާނީ 150ރ. އަށް ކަމަށެވެ.
ކުރިން ރޭގަނޑު 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗް މިހާރު ވަނީ ހަވީރަށް ބަދަލުކޮށްފައެވެ. މެޗު ފެށުމަށް މިހާރު ހަމަޖެހިފައިވަނީ، 15:50 ގައެވެ. މިބަދަލު ގެނައީ ފީފާގެ އެދުމުގެ މަތީންކަމަށް އެފްއޭއެމްއިން ބުންޏެވެ.
ހޮންކޮންްއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. އަދި މި މެޗުގައި މުހިންމު ތިން ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ