ކުރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީއަށް ވަޑައިގެންނެވުމާއި ގުޅިގެން، ކްރިމިނަލް ކޯޓު ހިންގެވުން ވަގުތީ ގޮތުން ގާޒީ އަބްދުލް ބާރީ ޔޫސުފާ ހަވާލުކޮށްފިއެވެ.
އިސްގާޒީ ޗުއްޓީ ނެންގެވީ ކިތައް ދުވަހަށް ކަމެއް ސާފުވެފައިނުވި ނަމަވެސް ކޯޓު ހިންގެވުމުން ގާޒީ ބާރީއާ ހަވާލުކޮށްފައިވާކަން ކްރިމިނަލް ކޯޓުން ވަނީ ޔަގީންކޮށްދީފައެވެ.
ގާޒީ ބާރީއަކީ ބޮޑެތި ގިނަ މައްސަލަތަކެއް ބައްލަވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ސިޔާސީ އިސް ފަރާތްތަކުގެ މައްސަލަތައްވެސް ހިމެނޭއިރު މިހާރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ވެސް ގާޒީ ބާރީއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ޖަލު ހުކުމް އިއްވިއިރުވެސް އިސްގާޒީ ހުންނެވީ ޗުއްޓީގައެވެ.
އިސްގާޒީ ޗުއްޓީ ނެންގެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހިޔާނާތުގެ މައްސަލަ ވެސް ބައްލަވަނީ އިސްގާޒީ އަބްދުﷲ މުހައްމަދުކަން ފާހަގަކޮށްލެވެއެވެ.
ކުރިމިނަލް ކޯޓު ހިންގެވުން ވަގުތީ ގޮތުން ގާޒީ އަބްދުލް ބާރީ އާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ