މިއަދު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމް ހަމަޔަކަށް އެޅުމަށް ރައީސް މައުމޫނު ގާތުގައި ވަނީ އެދިވަޑައިގެންފައެވެ.
އުމަރު ނަސީރު ކުރެއްވި ޓްވީޓްގައި އެބޭފުޅާ ރައީސް މައުމޫނަށް ފޮނުއްވާފައިވާ ސިޓީވެސް ވަނީ ޕޯސްޓްކޮށްފައެވެ. އެ ސިޓީގައި އުމަރު ވަނީ ރައީސް ޔަމީން ގެ ސަރުކާރުން ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންތައް ކުރާ ކަމަށް ވިދާޅުވެ އެފަދަ ކަންތައް ކުރުމުން އިދިކޮޅު ފަރާތްތަކުން ސިޔާސީ ފައިދާ ނަގާނެކަމަށް ބުނެ 2018 ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދާ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން ޕާޓީ ބާކީވުމުން ދާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ސިޓީގައި އުމަރު ވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ބައިވެރިވަޑައިގަތުމުގެ ޝައުގުވެރިކަން ހުންނަވާކަން ކުރިން ވެސް ރައީސް މައުމޫނަށް ސިޓީއަކުން ފާޅުކުރައްވާފާއިވާ ކަމަށް ވިދާޅުވެފައެވެ. ޕީޕީއެމްގެ އެހެން އެއްވެސް ބޭފުޅެއް ރިޔާސީ ލީޑާޝިޕަށް ކުރިމަތިލާފައި ނުވާ ކަން އުމަރު ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ސިޓީ ނިންމާލުމުން އުމަރު ވިދާޅުވެފައިވަނީ އެހެން ބޭފުޅަކު ރިޔާސީ ޓިކެޓަށް ވާދަކުރާން ބޭނުންފުޅުވާނަމަ އެ ބޭފުޅާއެކު ވާދަކުރުމަށް ތައްޔާރަށް ހުންނަވާކަމަށެވެ.
ޕީޕީއެމް ހަމައަކަށް އެޅުވޭނީ ރައީސް މައުމޫން އަށް އެކަނި: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ