ރާއްޖޭގެ އޯޝަން އެޑްވެންޗަރަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުނިން އިޓަލީ ރައްޔިތެއްގެ އަތުން ނެގި 2.5 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ދައްކަން ކޯޓުން ދިން މުއްދަތުގައި އެކުންފުންޏަށް އެދަރަނި އަދާކުރެވިފައި ނުވުމުން އެކުންފުނިން ދުއްވާ ސަފާރީއެއް ނީލަމުގައި ވިއްކާލަން ސިވިލް ކޯޓުން އިއުލާނުކޮށްފިއެވެ.
ބޭނުން ކުރާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސަފާރީ ވއްކާލަން ސިވިލް ކޯޓުން އިއުލާންކޮށްފައިވާ ގޮތުން އިންޖީނާ އެކު ވިއްކާލާ އެ ސަފާރީގެ ނީލަން ފެށޭ އަގަކީ އެއް މިލިއަން ޑޮލަރެވެ. ނީލަން ނިމޭ އިރު އެންމެ މަތީ އަގެއް އެ ސަފާރީ އަށް ހުށަހަޅާ ފަރާތަކުން 15 ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހޭނެ ކަމަށް ކޯޓުގެ އިއުލާނުގައިވެ އެވެ.
މި މައްސަލައިގައި ޖެނުއަރީ، 2014 ގައި ކޯޓުން ހުކުމްކުރީ އިޓަލީ މީހާ އަށް އެހާތަނަށް ނުލިބި އޮތް 819،000 އަށް ވުރެ ގިނަ ޑޮލަރު 6 މަސްދުވަހުގެ ތެރޭ ދެއްކުމަށް އޯޝަން އެޑްވެންޗަރަސް ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދި އިޓަލީ މީހާގެ ހުއްދަ ނެތި އެ ސަފާރީގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށާއި އަދި ފައިސާ އަނބުރާ ދައްކައި ނިމެންދެން ރަހުނު އެއްބަސްވުން ދެމިއޮންނާނެ ކަމަށް ވެސް އޭރު ކުރި ހުކުމުގައިވެ އެވެ.
ރާއްޖޭގެ ސަފާރީ އެއް ނީލަމުގައި ވިއްކަން ސިވިލް ކޯޓުން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ