އ.ދ އިން ބުނިގޮތުގައި ޙަލަބުގެ 2 މިލިއަން އެއްހާ ރައްޔިތުން ވަނީ ފެނަށް ޖެހިފައެވެ.
ފެނުގެ ދަތިކަން ފުރަތަމަ ޙަލަބަށް އަސަރުކުރަން ފެށީ ފެން ޕަމްޕް ކުރާ ސްޓޭޝަނަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ. މިހަމަލާ ދީފައިވަނީ ސީރިއާ ސަރުކާރު ފަރާތުންނެވެ. ސީރިއާ ސަރުކާރުން ބުނިގޮތުގައި ކޮންމެހެންވެސް ޙަލަބުގައި އޮންނަ އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލަން ބޭނުންވެއެވެ.
ބޯފެނުގެ ނިޒާމެއް ނެތުމުން ޙަލަބުގެ ރައްޔިތުން ވަނީ މަގުމަތީގައި އުފެދިފައިވާ ފެން ބޯން ޖެހުމުގެ ހާލަތަށް ގޮސްފައިކަން އ.ދ އިން ފާހަގަކުރިއެވެ. އަދި އެކަމުގެ ސަބަބުން ބަލިތައް ފެތުރެން ފަސޭހަވާނެ ކަމަށް ވެސް އ,ދ އިން ބުންޏެވެ.
(ބީބީސީ)
ޙަލަބުގެ ރައްޔިތުން ފެނަށް ޖެހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ