އިނގިރޭސި ކުލަބް ލިވަޕޫލްއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރީ ކާމިޔާބު ހޯދާ ދިނުމުގައި ހުންނަން ބޭނުންވާތީ ކަމަށް އެޓީމުގެ އިނގިރޭސި ފޯވާޑް އެޑަމް ލަލާނާ ބުނެފި އެވެ.
ލަލާނާ ކޮންޓްރެކްޓް އާކޮށްފައިވަނީ، 2020 ވަނަ އަހަރާއި ހަމައަށް ލިވަޕޫލްގައި ހުރުމަށެވެ. އާ ކޮންޓްރެކްޓާއެކީ ލަލާނާއަށް، ހަފްތާއަކު 110.000 ޕައުންޑް ލިބޭނެ ކަމަށް، މީޑީޔާ ރިޕޯޓުތަށް ބުނެއެވެ.
އުމުރުން 28 އަހަރުގެ ލަލާނާ ބުނީ، ކުލަބުގެ އެއްބަސްވުން އާކުރީ ހިތުން ރުހުމުން ކުލަބަށް ކާމިޔާބު ހޯދަދޭން ކަމަށެވެ. އަދި ކުލަބުގެ މޭންޖްމަންޓުންނާއި ކުލަބުގައި ތިބި ކުޅުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ލަލާނާ ބުންޏެވެ.
"އަހަރެން އެއްބަސްވުން އާކުރީ ހިތުން ރުހުމުން ކުލަބަށް ކާމިޔާބު ހޯދަދޭން. އަހެރެން ބޭނުން ދިގުމުއްދަތަކަށް މިކުލަބުގަިއ އަދި މަޑު ކުރަން." 2014 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ލަލާނާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް މިވަގުތު އޮތީ 49 ޕޮއިންޓާއެކު ފަސް ވަނަ މަގާމްގަައެވެ.
ލިވަޕޫލަށް ކާމިޔާބު ހޯދާ ދިނުމުގައި ހުންނާނަން: އެޑަމް ލަލާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ