ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި އިސްލާހު ބަލައި ނުގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ގޮނޑި މެމްބަރ ފައްޔާޒު ހިސޯރު ކޮށްފި އެވެ.
މަޖިލީހުގެ ރިއާސަތުގެ ގޮނޑި ހިސޯރު ކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާ ކުރި އަށް ގެންދަވަނީ ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެންނެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓާ މެދު ބަހުސްކުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައިރު ފައްޔާޒް މަޖިލީހުގެ ރިއާސަތުގެ ގޮނޑި ހިސޯރު ކުރީ، އެ ބިލަށް އޭނާ ހުށަހެޅުއްވި އިސްލާހެއް ރިއާސަތުން ބަލައިނުގަތުމުންނެވެ.
އެމްޑީޕީން ހާމަކުރި ގޮތުގައި ފައްޔާޒް އިހްތިޖާޖް ކުރައްވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް، އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ކުރުމަށް ހުށަހެޅުއްވި އިސްލާހު ބަލައިނުގަތުމުންނެވެ.
ފައްޔާޒުގެ އިހުތިޖާޖުގައި އެމްޑީޕީގެ ގިން މެމްބަރުން ބައިވެރިވިއިރު ފައްޔާޒު އާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މެމްބަރު ފައްޔާޒް މަޖިލީހުގެ ރައީސްގެ ގޮނޑި ހިސޯރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ