އެމްޑީޕީން މިއަދު އަތޮޅު ތެރޭގެ ރައްޔިތުން ހާލުގައި ޖައްސާނެ - ނިހާން

އިދިކޮޅު އެމްޑީޕީއިން ހިންގަނީ އަނިޔާވެރިކަން ކަމަށާއި، މިއަދު އެމްޑީޕީން އަތޮޅު ތެރޭގެ ރައްޔިތުން ހާލުގައި ޖައްސާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިއަދުގެ ހަރަކާތުގެ ތެރެއިން ހައްޔަރުވެ ގޮޅިއަށް ދާނީ ނިކަމެތި ރައްޔިތުން ކަމަށެވެ.
ޕީޕީއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންވެސް ނިހާން ވަނީ މުޒާހަރާގައި ބައިވެރިވެ، ޤާނޫނާ ޚިލާފު ކަމެއްގެ ތެރޭގައި ބެދި، އެކަމުގެ ސަބަބުން ހައްޔަރުވުމުން ސަލާމަތްވުމަށް މެމްބަރުންގެ ގާތަށް ނައުމަށް އެދިފައެވެ.
ނިހާން ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ކަންކަން ދިމާވުމުން އާއިލާތަކުން އެބޭފުޅުންނާ ގުޅައިގެން، ހަމަ މަގުމަތީގައި ހުއްޓާ ނުވަތަ ކުޅި ބަލާލަން ހުއްޓައި ހައްޔަރު ކުރީ ކަމަށް ބުނެ ރޮއެ އާދޭސް ކުރާ ކަމަށެވެ. ބައެއް މެމްބަރުންވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ.
މިއަދުގެ މުޒާހަރާއަށް އަތޮޅު ތެރެއިން 7000 އެއްހާ މީހުން އައިސްފައި ވާކަމަށް އެމްޑީޕީން ބުނެއެވެ. މީގެ ކުރިން އެމްޑީޕީ އިސްވެ އޮވެ ބޭއްވި 27 ފެބްރުއަރީގެ ބޮޑު މުޒާހަރާގައި ބައިވެރިވުމަށްވެސް އަތޮޅު ތެރެއިން ގިނަ ބަޔަކު ވަނީ އައިސްފައެވެ.
އެހެން ނަމަވެސް، އެފަހަރު އަތޮޅު ތެރެއިން އައި ފަރާތްތައް ކެއުމާއި ހުރުމާއި ނިދުމުގެ ކަންކަން ހަމަނުޖެހުމުގެ ސަބަބުން ފުލުހުން ވަނީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފުލުހުންވެސް ވަނީ މިފަހަރަުގެ މުޒާހަރާއަށް އަންނައިރު އެފަދަ ކަންކަން ހަމަޖެއްސުމަށް އެދިފައެވެ.
މި މުޒާހަރާގެ ޒިންމާ އަދާލަތު ޕާޓީން ނަގާފައި ވީނަމެސް، އަދާލަތުގެ ލީޑަރު އިމްރާން އަބްދުﷲ ވަނީ އެމީހަކު އަމިއްލައަށް ނިދުމާއި ކެއުމުގެ ކަންކަން ހަމަޖައްސެމުަށްފަހު މާލެ އައުމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ