ކަރަންޓް ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކަރަންޓު ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އެއް މަސް ދުވަހަށް އިތުރު ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.
ސަބްސިޑީއަށް އެދުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި ދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ކުރިން އޮތް ގޮތުން ނަމަ، ރަޖިސްޓްރީ ކުރުން މާދަމާގެ ނިޔަލަށް ހަމަވާނެއެވެ. ސަރުކާރުން މިއަދު ނިންމި ނިންމުމުގެ ސަބަބުން ސަބްސިޑީއަށް އެދުމުގެ އެންމެ ފަހުގެ މުއްދަތަކީ 15 މެއިއެވެ.
ކަރަންޓު ސަބްސިޑީއަށް އެދި ފޯމު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ މޭޒުތަކެއް ސޯޝަލް ސެންޓަރާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޭރާއި އަދި ވެލާނާގެ ކައިރީގައި ވަނީ ބަހައްޓާފައެވެ.
އަދި ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ ކިއުގައި ޖެހިގެން ފޯމް ހުށަހަޅާފައެވެ.
ފޯމް ފުރަން ބޭނުންވާ މިންވަރަށް މައުލޫމާތު ފޯރުކޮށް ދެވިފައިނުވާތީ މާލެއިން ކަރަންޓް ސަބްސިޑީއަށް މިހާތަނަށް އެދިފައި ވަނީ ވަރަށް މަދު ބައެއް ކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ