ކޮވިޑް-19: ކުމުންދޫން މާސްކު ހުސްވެ، ސްކޫލް ސްޓާފުން މާސްކު ފަހަނީ

ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19އިން ރައްކާތެރިވުމައް އަޅާ މާސްކް ހދ. ކުމުންދޫން ލިބުން ދަތިވެފައި ވާތީ އެރަށު ސްކޫލްގެ ސްޓާފުން މާސްކު ފެހުމުގެ މަސައްކަތް ފަށައިފި އެވެ.
ކުމުންދޫ ކައުންސިލުން ވިދާޅުވީ ކޮރޯވައިރަސް އިން ރައްކައުތެރިވުމަށް އާޅާ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާ މާސް އެރަށުން ހުސްވެފައިވާތީ މާސްކު ފެހުމަށްޓަކައި ކުމުންދޫ ސްކޫލް އިން ކޮށްދެއްވާ ބުރަމަސައްކަތުގެ އަގު ވަޒަންކުރައްވައި  ސުކުރުދަންނަވާ ކަމުގަ އެވެ.
އެޗްޕީއޭއީން ލަފާ ދެއްވާފައިވާ ގޮތުގައި ކޮރޯނާ ވައިރަސްއިން ރައްކައުތެރިވުމުގެ ގޮތުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ކެއްސާ ކިނބިހި އަޅާ ނަމަ މަސްކު ބޭނުން ކުރުމަކީ މިބަލިން ރައްކައުތެރިވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ދާދި ގަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވެފައިވަނީ ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކް އެޅުމަކީ މިހާރު ވަރަށް މުހިއްމުކަމެއް ކަމުގަ އެވެ.
ޑރ.ލަތީފް ވިދާޅުވެފައިވަނީ ކުރީގެ ހާލަތަށް ބަލައި ކޮންމެހެން މާސްކު އަޅަން ނުޖެހޭނެ ކަމަށް ބުނެފައިވާނެ ކަމަށާއި ނަމަވެސް މިހާރު ބޭރަށް ކޮންމެހެން ދާނަމަ މާސްކު އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ