ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އަދަދު މަދު ކުރުމަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ. އޭނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ 10 މިލިއަނަށް ވުރެ ބޮޑު ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދެވޭނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އެކަމަކު ދޫކުރެވޭ އެންމެ މަތީ މިންވަރެއް ގާނޫނުގައި މިހާރު ކަނޑައަޅާފައެއް ނުވެއެވެ.
ޖަމީލު އުސްމާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެ ދޫކުރާ ފައިސާގެ އަދަދު ކުޑަކުރުމަށެވެ. އެ އިސްލާހުގައި ބުނެފައިވަނީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައި ކަނޑައެޅޭނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އެ އަހަރެއްގެ ބަޖެޓްގައި ކަނޑައަޅާ އަދަދު 0.05 ޕަސެންޓް ކަމަށެވެ. އަދި އެ އިސްލާހުގައި ވަނީ އެގޮތަށް ދޫކުރެވޭ ޖުމްލަ އަދަދު 10 މިލިއަނަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ދިނުމަށް ދައުލަތުގެ ބަޖެޓްގައި އެންމެ ފަހުން ކަނޑައަޅާފައިވަނީ 24 މިލިއަން ރުފިޔާއެވެ.
ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ މަދު ކުރަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ