އިންޑިއާގެ ގިނަ ސަރަހައްދުތަކެއްގެ ރައްޔިތުން ފެނަށް ޖެހިއްޖެ

ހޫނު މޫސުމާއި ދިމާކޮށް އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އިންޑިއާގެ ގިނަ ސަހައްދުތަކެއްގައި ރައްޔިތުން ފެނަށް ޖެހިއްޖެއެވެ.
ފެނުގެ ދަތިކަން އެންމެ ބޮޑަށް ތަހަންމަލް ކުރަމުންދާ ކަރްނާޓަކާ ސްޓޭޓްގެ ގުލްބަރްގާ ސިޓީގައި މީގެ ކުރިން ރައްޔިތުން ފެން ނެގުމަށް ބޭނުންކުރި ބީމާ ކޯރު ވަނީ މުޅިންހެން ހިކިގެންގޮސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. މިސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބުނީ ބީމާ ކޯރު އެކީގަ ހިކުމުގެ ސަބަބުން މިހާރު ފެން ހޯދުމަށް ކޮންމެ ދުވަަހަކު ތިންހަތަރު މޭލަށް ދަތުރުކުރަން ޖެހޭކަމަށެވެ. 
އިންޑިއާގެ ހުޅަނގު ބެންގޯލްގައިވެސް ރައްޔިތުން ފެން ނެގުމަށް ބޭނުންކުރާ ވަޅުތައް ވަނީ ހިކިފައެވެ. އަދި ފެން އަރާ ވަޅުތަކުން ނެގޭ ފެން ބޭނުން ނުކުރެވޭވަރަށް ތަގައްޔަރުވެފައިވާކަމަށް މިސަރަހައްދުގައި ދިރިއުޅޭ ރައެްޔިތުން މައުލޫމާތުދެއެވެ. މިސަރަހައްދުގެ 10 ހާހަށް ވުރެ ގިނަ ރަށަށް ފެން ލިބުމުގެ މައްސަލަ ދިމާވެފައިވާތީ ބައެއް އާއިލާތަކުން ފެންލިބޭ ސަރަހައްދުތަކަށް ވަނީ ބަދަލުވެފައެވެ. 
ހޫނު ގަދަވުމުގެ ސަބަބުން އިންޑިއާގެ ގިނަ ސަރަހައްދުތަކުގައި ފެނުގެ މައްސަލަ މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. 
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ރެކޯޑް މިންވަރަކަށް ވަނީ ހޫނު ގަދަވެފައެވެ. މިގޮތުން ނާގްޕޫރް ސިޓީ އަދި މަހަރާޝްތުރަ ސްޓޭޓްގައިވެސް ވަނީ ސާޅީސް ޑިގްރީ ސެލްސިއަސްއަށް ހޫނު ގަދަވެފައިކަމަށް ރިޕޯޓްތައްބުނެއެވެ. ކަމާއިގުޅޭ ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި ކުރިޔަށް މިއޮތް މޭމަހު އަދި ޖޫންމަހު މިހާރަށް ވުރެވެސް އިންޑިއާގެ ގިނަ ސަރަހައްދުތަަކަށް ހޫނު ގަދަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ