ނައިބު ކަމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ދުރުކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޖަމީލް އެ މަގާމުން ވަކިކުރީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އެއީ ޖޫން 2015 ގައެވެ. ޖަމީލްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.
މި މައްސަލައިގައި ޖަމީލް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2 ކަމެކެމެވެ. އެއީ އޭނާ މަގާމުގައި ހުރުމަށް ނާގާބިލުކަމަށް ކަނޑައެޅެނީ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތިކަމަށާއި، އަދި އޭނާ މަގާމުން ދުރުކޮށްފައިވަނީ ވަކީލަކު މެދުވެރިކޮށް އަދި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށެވެ. އެހެންނަމަވެސް ދައުލަތުން މީގެ ކުރިން އަޑުއެހުންތަކުގައި ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ އިޖުރާއީ ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ.
އިތުރު ތަފްސީލު އަންނަނީ–
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ