ޔާމިން ހުންނެވީ ޖަލުހުކުމެއްގަ، އިންތިޚާބެއްގަ ވާދަ ކުރެވިގެން ނުވާނެ: މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުހުކުމެއްގަ ކަމަށާއި އެފަދަ ހާލަތެއްގަ ހުރި ބޭފުޅަކަށް އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރަޢީސް ޔާމިންގެ ބޭބޭފުޅު ކުރީގެ ރަޢީސް  މައުމޫން ވިދާޅުވީ، ކުށެއް ކޮށްފިނަމަ އެ ކުށުގެ އަދަބު ލިބުމަކީ ޤާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށާއި، އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ ކުށެއް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރެއްވުމުގައި ކަމަށެވެ. އެހެންކަމުން ޙުކުމެއްގައި ހުންނަވަނިކޮށް ރައީސް ޔާމީން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ވަން ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓަން ދެ ޗެކަކަކުން އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.
އެ މައްސަލަ މިހާރު ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިމަންދެން ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އެ ކަމުގައި ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ