5 އަހަރުގެ އެއް ދައުރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެ ގެނަސްދެއްވަނީ 5 ދައުރުގެ ތަރައްގީކަމަށް ޅ. ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީން ބައިވެރިވެވަޑައިގެން ރުމާލު 2 ޖަގަހައިގައި ކުރިޔަށްދާ ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ގެނަސްދެއްވި ތަރައްގީއާ މެދު ސުވާލު އުފެދޭނަމަ ދާދި ފަހުން ރައީސް ޔާމީން ނެރެދެއްވި ރައްވެހި ތަރައްގީގެ ފޮތް ބެއްލެވުމުން އެޔަށް ޖަވާބު ލިބިގެން ދާނޭ ކަމަށެވެ.
އެގޮތުން މި ފޮތަކީ ވަރައް ބޭނުންތެރި ފޮތެއް ކަމަށާއި، މި ފޮތުން ރައީސް ޔާމީން ގެނަސްދެއްވި ތަރައްގީގެ އިތުރުން ދިވެހިރާއްޖެ ކުރިއަރައިގެން ދިޔަ ގޮތް ވަރައް ސާފުކޮށް އެނގިވަޑައިގަންނަވާނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި މި ފޮތް ސްކޫލްތަކުގައި ތައުލީމު ހާސިލްކުރަމުންދާ ކޮންމެ ދަރިވަރަކަށް ހޯދައިދިނުމަށް ޝިޔާމް ގޮވާލިއެވެ.
ޝިޔާމް ވިދާޅުވީ ތައުލީމީ ދާއިރާއަށް ބެލިޔަސް ކުރިއާ މިހާރާ ވަރައް ބޮޑު ތަފާތެއް އައިސްފައި ވާކަމަށާއި، ރާއްޖޭގެ ސްކޫލްތަކުން މިހާރު ތައުލީމު ހާސިލްކޮށްގެން ނިކުންނަ ދަރިވަރުންނަކީ ފެންވަރު ރަނގަޅު ތައުލީމު ލިބިގެން ނިކުންނަ ދަރިވަރުންތަކެއް ކަމަށެވެ.
5 އަހަރުގެ ތެރޭގައި ރައީސް ޔާމީން ގެނަސްދެއްވަނީ 5 ދައުރުގެ ތަރައްގީ - މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ