"ރައީސް ޔާމީނަށް 2018 ކާމިޔާބު ކޮށްދޭންޖެހެނީ ޕީޕީއެމްގެ ފައިދާއަކަށްނޫން، މުޅި ރައްޔިތުންގެ ޙައްޤުގައި " ޢަންދުއްރަޙީމް

އަންނަ ރިޔާސީ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދޭން ޖެހެނީ ޕީޕީއެމްގެ ފައިދާއަކަށް ނޫން ކަމަށާއި، އެއީ މުޅި ރައްޔިތުންގެ ޙައްޤުގައި ކުރާން ޖެހޭ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމުން ކުރިއަށްގެންދާ މަސައްކަތްތައް ނިންމާލެވޭނީ ރައީސް ޔާމީން ހޮއްވަވައިގެން ކަމަށެވެ.
އަދި އެއީ ޕީޕީއެމްގެ ފައިދާއަކަށް ކުރާންޖެހޭ ކަމެއް ނޫން އިރު، އެއީ ދިވެހި ރައްޔިތުންނާއި ދިވެހީންގެ ޙައްޤުގައި އަދި އަންނަންއޮތް ޖީލަށްޓަކައި ކުރާންޖެހޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން 2018 ގައި ނެރޭނެ ކެންޑިޑޭޓަކު ފެންނާންވެސް ނެތްއިރު، ޤައުމު ބިނާ ކުރުމަށް ރައީސް ޔާމީންވަރުގެ އެހެން މާލިމީއެއް ނެތްކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދިޔަ ޙަރަކާތްތަކަށް އިޝާރާތް ކުރައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުން މި ސަރުކާރު ބަލައިގަންފައިވާ މިންވަރު އެނގިގެންގޮސްފި ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ