2030 އަށް މާލޭ ސަރަހައްދުގައި ކަރަންޓް އުފައްދާ ކެޕޭސިޓީ 320 މެގަވޮޓަށް!

މާލޭ ސަރަހައްދުގެ އާބާދީ އިތުރުވެ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް 2030 އަށް މާލޭ ސަރަހައްދުގެ ކަރަންޓް ކެޕޭސިޓީ ޖުމްލަ 320 މެގަވޮޓަށް ބަދަލު އިތުރު ކުރުމުގެ ތައްޔާރީތައް ސްޓެލްކޯއިން ފަށައިފިއެވެ.
"ދަ ޕްރެސް" ދެއްވި ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަވަމުން، މާލެ ސަރަހައްދަށް ކަރަންޓް އިތުރު ކުރަން ޖެހޭ ކަމަށް ލަފާ ކުރައްވާ ޝަރީފް ވިދާޅުވީ، މި ވަގުތު މާލެ ސަރަހައްދުގައި ކަރަންޓު އުފައްދަން 95 މެގަވޮޓްގެ ކެޕޭސިޓީއެއް އެބަހުރި ކަމަށެވެ. ނަމަވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަ މިންވަރަށް ބަލާފައި 2024 ފެށުމުގެ ކުރިން 70 މެގަވޮޓްގެ އިތުރު ޕަލާންޓެއް އުފައްދަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
2024 ފެށެން ވާ އިރުަށް ކަރަންޓް ކެޕޭސީޓީ އިތުރުކުރަން ޖެހޭ ސަބަބަކީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެ އެތަނުގައި އަޅަމުންދާ އުސް އިމާރާތްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދޭނީ ކަރަންޓް ކެޕޭސިޓީ އިތުރު ކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެހާ ވަރު އިތުރު ކުރުމުން 2030 އާ ހަމައަށް ހިފެހެއްޓިދާނެ ކަމަށާއި ނަމަވެސް 2030 އާ ހަމައަށް ދާ އިރު އެ ކެޕޭސިޓީ އިތުރު ނުކޮށްފިއްޔާ ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
2030 ވަނަ އަހަރަށް އަމާޒުކޮށް ކ. ތިލަފުށީގައި 150 މެގަވޮޓްގެ ޕްލާންޓެއް ގާއިމް ކުރަން ނިންމާފައިވާ އިރު، އެ ޕްލާންޓް ގާއިމު ވުމުން މާލެ ސަރަހައްދުގައި ކަރަންޓް އުފައްދާ ކެޕޭސިޓީ 320 މެގަވޮޓަށް އަރާނެއެވެ. ޝަރީފް އިތުރަށް ވިދާޅުވީ، ތިލަފުށީގައި ގާއިމް ކުރަން ޕްލޭން ކޮށްފައިވާ 150 މެގްވޮޓްގެ ޕްލާންޓާ އެކު ކުރިއަށް އޮތް 30 ނުވަތަ 40 ވަރަކަށް އަހަރު ކެޕޭސިޓީ އިތުރު ނުކޮށް ހިފެހެއްޓޭނެއެވެ.
މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު 95 މެގަވޮޓް ހުންނަ އިރުވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ފާހަގަ ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ