ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތިލައްވާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒަށް ތާއީދު ކުރެއްވުމަށްފަހު އެމަޤާމަށް ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ އަހުމަދު މުހައްމަދު ނަން އަނބުރާ ގެންދަވައިފިއެވެ.
ޑީއާރުޕީގެ ޤައުމީ ޖަލްސާގެ ހާއްސަ ހަރަކާތުގެ ތެރެއިން މިހާރު ބާއްވަމުންގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ ނަން އަނބުރާ ގެންދެވުމަށްފަހު ރާމިޒަށް ތާއީދު ކުރެއްވުމަށް ނިންމެވީ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރެއްވުމަށް ކަމުގައެވެ.
ޤައުމީ ޖަލްސާގައި 3 ޑިޕިއުޓީ ލީޑަރުގެ މަޤާމަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު ނެގި ވޯޓުގައި ވިލިގިލީ ދައިރާގެ މެމްބަރު މުހައްމަދު ރާމިޒާއި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދަށްވަނީ 243 ވޯޓުން އެއްވަރުވެވަޑައިގެންފައެވެ. އަދި އެދެބޭފުޅުންގެ ތެރެއިން އެމަގާމަށް އިންތިހާބު ކުރާނެ ބޭފުޅަކު ކަނޑައެޅުމަށް މާދަމާ ވޯޓުލާ ގޮތަށް އިންތިހާބާ ބެހޭ ކޮމެޓީންވަނީ ނިންމާފައެވެ.
ޑެޕިއުޓީ ލީޑަރުގެ މަޤާމަށް ތިން ބޭފުޅުން އިންތިހާބުކުރާއިރު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދައިރާގެ މެމްބަރު އަލީ އާޒިމު މިއަދުވަނީ އިންތިހާބުކޮށްފިއެވެ. ރޮޒައިނާއަށް 382 ވޯޓު ލިބިވަޑައިގެންނެވި އިރު އާޒިމަށް ލިބިވަޑައިގެންނެވީ 258 ވޯޓެވެ.
އިއްޔެއިން ފެށިގެން ކުރިއަށްދާ ޑީއާރުޕީގެ ޤައުމީ ޖަލްސާ ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ރާމިޒަށް ތާއީދުކުރައްވާ އަހުމަދު މުހައްމަދު ނަން އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ