މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ތާއިދު ކުރައްވާކަން ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ހުރިހާ ބޭފުޅުން ހާމަ ކުރައްވައިފިއެވެ.
ޣިޔާސުއްދީން ސުކޫލުގައި މިރޭ ބޭއްވި ޔާމީންގެ ކެމްޕޭން ޖަލްސާގައި ރައީސް މައުމޫނުގެ ތިން ބޭފުޅަކާއި ދަނބިދަރިކަލުން ނަދީމުވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަދީމު ބައިވެރިވެވަޑައިގެންނެވީ ޔުމްނާ ރަށުގައި ވަޑައިގެން ނޫޅުއްވާތީއެވެ.
ހަތަރު ބޭފުޅުން ވެސްވަނީ ޔާމީންގެ ދެމަރިފިރި ކަނބަލުންނާއެކު އަތާއި އަތް ގުޅުވާލާފައެވެ.
ރައީސް މައުމޫނުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ރައީސް މައުމޫނު ތާއިދު ނުކުރެއްވި ނަމަވެސް މެމްބަރުން ވޯޓުދޭން ޖެހޭ ފަރާތް މިހާރު އެނގިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މައުމޫނަށް ލޯބި ކުރައްވާ ފަރާތްތަކުން ޔާމީނަށް ވޯޓު ދެއްވުމަށް ވެސް މިރޭގެ ޖަލްސާގައި ގޮވާލާފައިވެއެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް މައުމޫނުގެ ހުރިހާ ބޭފުޅުންގެ ތާއިދު ޔާމީނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ