ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ޓީމުން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަމިއްލަ އަށް ވަކިވެއްޖެ އެވެ.
އޭނާ ޓީމުން ވަކިވި ސަބަބެއް ފައިސަލް ވެސް ނުބުންޏެވެ. ނަމަވެސް އިތުބާރު ހުރިގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ފައިސަލް (ވާރްތަފާތުގައި) ޓީމުން ސަހަރައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށްދާ ޓީމުގެ ހަތަރު ވަނަ ކީޕަރަކަށް އޭނާ ހަމަޖެއްސުމުންނެވެ. އަމިއްލަ އަށް ޓީމުން ވަކިވުމުން އިއްޔެގެ ޕްރެކްޓިހާއި މިއަދު ބިދޭސީ ކުޅުންތެރިންނާއެކު ކުޅުނު މެޗަށް ވެސް ފައިސަލް ނުދެ އެވެ. އަދި އޭނާ އަށް ގުޅުމުން އެވާހަކަ ދައްކަން ވަނީ ދެކޮޅު އުޒުރުވެރިވެފަ އެވެ.
ފައިސަލް ވަކިވުމުން ގައުމީ ޓީމުގައި މިހާރު ތިބީ އެއްވަނަ ކީޕަރު އަދި ވައިސް ކެޕްޓަން އިމްރާނު މުހައްމަދާއި ބީޖީގެ އިބްރާހީމް އިފްރާހު އަރީފާއި މާޒިޔާގެ ކީޕަރު މުހައްމަދު އިމްރާނެވެ.
ގައުމީ ކޯޗު ހަންގޭރީގެ އިސްޓަވާން އުރުބާނީ އިއްޔެ ބުނީ ޓީމާއެކު ތައިލެންޑަށް ގެންދާނީ ތިން ކީޕަރުން ކަމަށާއި މުބާރާތަށްދާނީ ތައިލެންޑަށްދާ ތިން ކީޕަރުން ކަމަށެވެ. ފައިސަލް އަކީ މީގެ ކުރިން ގައުމީ ޓީމުގެ ގޯލު ބަލަހައްޓާފައިވާ އަދި މިހާތަނަށް ގައުމީ ޓީމުގެ ރިޒާވް ކީޕަރުގެ މަގާމުގައި ހުރި ކީޕަރެވެ.
ކީޕަރު ފައިސަލް އަމިއްލަ އަށް ގައުމީ ޓީމުން ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ