އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވައި ނޮވެންބަރު 11 ގައި ރައީސުލް ޖުމްހޫރިއްޔާއަކު ހުވާ ކުރައްވަން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބޭނުންފުޅުވާ ކަމަށް އެމަނިކުފާނުގެ މަންދޫބު އިލްހާމް އަޙްމަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލްވުމެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ހޮނިހިރު ރިޔާސީ އިންތިޚާބު ބާއްވަން ގާސިމް ބޭނުންފުޅުވާ ކަމަށާއި އިންތިޚާބު ފަސްވެގެން ދިއުމަކީ ގާސިމް އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ. އަދި ހޮނިހިރު ދުވަހު ވޯޓުލާން ހުރަސް ނާޅަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގެ ޢަމަލުތައް ހުރީ އިންތިހާބު އެ މުއްދަތުގައި ބޭއްވޭނެ ގޮތަށް ނޫން. އިލެކްޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑުމެން މިދަންނަވަނީ އިންތިޚާބަށް ހުރަސް ނާޅާށޭ،" އިލްހާމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ދީފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަންކަން ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެއް ކަމަށާ، އެ ކަންކަން އެގޮތަށް ކުރިއަށް ނުދާނަމަ އެ މައްސަލަތައް ކޯޓަށް ވައްދާނެ ކަމަށް އިޝާރާތް ކުރައްވާ އިލްހާމް ވިދާޅުވީ އެފަދަ މައްސަލައެއް ކުރިމަތިވެ ކޯޓް މަރުހަލާއަށް އަލުން ގޮސްގެން އިންތިޚާބު ފަސްކުރަން ޖެހިއްޖެނަމަ އެކަމުގެ ޒިންމާ ކޮމިޝަނުން އުފުލަންޖެހޭނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ތަރްޖަމާން އިބްރާހިމް ޚަލީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު ދަތުރު ކުރަމުންދަނީ ނުރައްކާތެރި ދިމާއަކަށް ކަމަށާއި
ކޮމިޝަންގެ އަމަލުތައް ހުރީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ގައުމަށް އިތުރަށް ގެއްލުންވެ، ނުރައްކާ ބޮޑުވާނެ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
އިންތިހާބު ފަސްވާން ގާސިމް ވެސް ބޭނުންފުޅެއް ނުވޭ: މަންދޫބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ