ފާސްޓް އެންޑް ފިއުރިއަސްގެ އަށްވަނަ ސީކުއެލް “ފޭޓް އޮފް ދަ ފިއުރިއަސް” ގެ ޓްރެއިލަރ އާއްމުކޮށްފި އެވެ.
މިއީ އެ ސީކުއެލްގެ އެއްމެ މަގްބޫލު ތަރި “ޕޯލް ވޯކަރ” ގެ މަރަށްފަހު އޭނާގެ އެއްވެސް ރޯލެއް ނުހިމެނޭގޮތަށް ނެރޭ ފުރަތަމަ ފިލްމު ކަމަށްވާއިރު މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި މި ވީޑިއޯ ޓްރެއިލަރ އާއްމުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު ކަމަށް ޕްރޮޑަކްޝަން ޓީމުން ހާމަކުރެ އެވެ.
ފޭޓް އޮފް ދަ ފިއުރިއަސްގެ ޓްރެއިލާ އާއްމު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ