ޅ. އޮޅުވެލިފުށީ ރައްޔިތުން ކަރަންޓު ނެތި ދިރިއުޅޭތާ 12 ގަޑިއިރަށް ވުރެ ގިނައިރުވެއްޖެ

ޅ. އޮޅުވެލިފުށީ ރައްޔިތުން ކަރަންޓް ނެތި ދިރިއުޅޭތާ 12 ގަޑިއިރަށްވުރެ ގިނައިރުވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެމުން އޮޅުވެލިފުށީ ރައްޔިތަކު ބުނީ އެ ރަށު ކަރަންޓް ކެނޑޭތާ މަސްތަކެއްވެފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް މިހާތަނަށް ވެސް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ތަކުރާރުކޮށް މައްސަލަޖެހި ދުވާލެއްގެ މައްޗަށް އެތައް ގަޑިއިރު ކަރަންޓާނުލައި އެ ރަށު ރައްޔިތުން ދިރުއުޅެންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. މައްސަލަ ޖެހެމުންގޮސް، ހެނދުނު 6:00 ހާއިރު ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް ކަރަންޓް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ކަރަންޓު ލިބޭނެ ވަގުތެއް ވެސް ނޭނގޭ ކަމަށް ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދިން އެ ރަށު ރައްޔިތުން ބުނި ގޮތުގައި ކަރަންޓް ކެނޑިފައި ވަނީ އިންޖީނުތަކަށް މައްސަލަތައް ދިމާވެ، ހައްލުނުކުރެވި ބާވުމުގެ ސަބަބުންނެވެ. މިކަމާ ގުޅޭ ގޮތުން ފެނަކައިގެން ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ