މެމްބަރުންގެ ގޮނޑި ހޯދައިދިނުމަށް މަސައްކަތް ކޮއްދޭނަން: ރައީސް މައުމޫނު

ސްޕްރީމް ކޯޓްގެ މިއަދުގެ ހުކުމާއި ގުޅިގެން މެމްބަރުކަން ގެއްލޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި އަލުން ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޯޓްގެ ހުކުމާއި ގުޅިގެން ގޮނޑި ގެއްލުނަސް ފަހަތައް ޖެހިވަޑައި ނުގަންނަވާނެކަމަށް ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށް ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން ގޮނޑިގެއްލޭ ކޮންމެ މެމްބަރެއްގެ ގޮނޑި އަލުން ހޯދައި ދިނުމަށް އިރާދަ ކުރެއްވިއްޔާ މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.Rayyithunge haqqu gai masakkaiy kurevvumun gon'di gellijje komme menbaraku alun hovaidhinumah iraadha kurevviyyaa masakkaiy koh dheynan.— Maumoon Abdul Gayoom (@maumoonagayoom) July 13, 2017މީގެ އިތުރުން ރައީސް މައުމޫނު މިރޭ އިރާކޮޅު ކުރެއްވި އެހެން ޓްވިޓެއްގައި ވިދާޅުވެފައިވަނީ ޕާޓީ ފިކުރު ބަދަލު ކުރުމުން ގޮނޑި ގެއްލޭނަމަ އެންމެ ފުރަތަމަ ގޮނޑިގެއްވީ ބަޔަކީ މިހާރު ޕީޕީއެމް ހިންގަން ތިބި މެމްބަރުން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ