ދެ ޖަނަރޭޓަރެއް ހަލާކުވެ ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމުގެ ބިރު ހީވެއްޖެ

ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ދެ ޖަނަރޭޓަރެއް ހަލާކުވެ ހުޅުމާލެއިން ވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރާ 13 ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ބޭނުން ނުކުރެވޭ ވަރުވީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެންނެވެ. އަދި މިހާރު ހުރި ޖަނަރޭޓަރުތަކުން ހުޅުމާލެއަށް ބޭނުން ކުރެވޭ ވަރަށް ކަރަންޓު ނުއުފެއްދޭތީ ހުކުރު ވިލޭރެއާއި ހުކުރު ދުވަހުގެ ރޭ ވެސް ވަނީ ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާފައެވެ.
މިހަބަރާ ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި މާލެއިން ދެ ޖަނަރޭޓަރެއް ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ދަނީ ކުރަމުންނެވެ.
ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިފައިވެއެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އެނގިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ