ޑރ ޝަހީދު ތައުބާވެ މައާފަށް އެދެން ގޮވާލައިފި

އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހާއްސަ ރެޕެޓުއަރ ޑރ އަހުމަދު ޝަހީދު ޑރ އަހުމަދު އެއްޖިންސުން ކައިވެނިކުރުމަށް ތާއީދުކޮށ ޓްވިޓާގައި ހިޔާލުފާޅުކޮށްފައިވާ ކަމަށް ބުނެ، ޝަހީދު ތައުބާވެ ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދެން ޕީޕީއެމްއިން ގޮވާލައިފިއެވެ.
ޑރ އަހުމަދު ޝަހީދަނީ ކުރީގެ ސަރުކާރު ތަކުގައި ރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީޕީއެމުން ނެރުނު ބަޔާނުގައިވަނީ ޔޫރަޕްގެ ގައުމެއްގައި އެއްޖިންސުން ކައިވެނިކުުރުން ހުއްދަ ކުރުމާ ގުޅިގެން އެކަމަށް ތާއީދުކޮށް ޑރ. ޝަހީދު އިއްޔެ ކުރައްވާފައިވާ ޓްވީޓްތަކުން އެއްޖިންސުން ކައިވެނިކުރުމަކީ އިންސާނީ ހައްގެއްގެ ގޮތުގައި އޭނާ ގަބޫލުކުރައްވާ ކަމުގައެވެ.
އަދި މުސްލިމެއްގެ ގޮތުގެ ހުރެގެން ﷲ ނަހީކުރައްވާފައިވާ ކަމެއް ކުރުމަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މާތްﷲގެ ހުކުމްފުޅުތަކާ ހިލާފަށް އެހެން ބަޔަކު ރުއްސުމުގެ ގޮތުން އެއްޖިންސުން ކައިވެނިކުރުން އެއީ މާތާހިރުކަމެއް ކަމަށް ދެއްކުމަށް ޑރ ޝަހީދު ޓްވިޓާގައި ދައްކާފައިވާ ވާހަކަފުޅުތައް ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މިފަދަ ހަޑިމުޑުދާރު އަމަލުތައް ހުއްޓާލައި ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދުމާއިއެކު ތައުބާވުމަށް ޑރ ޝަހީދަށް ގޮވާލާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޝަހީޑުގެ ޓްވިޓާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައިވަނީ ޝަހީދުގެ ޓްވިޓާއި އެމްޑީޕީއާއިވެސް ގުޅުވާފައެވެ. އަދި އެއީ އެމްޑީޕީގެ ކަމެއްކަމަށްވެސް އެބަޔާނުގައިވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ