ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމޫން ފައުންޑޭޝަނުން" ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބާއްވަމުން އަންނަ އިހުޔާ ޕްރޮގްރާމް މިއަހަރު ވެސް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
އެ ފައުންޑޭޝަނުން މިހެން ބުނެފައިވަނީ މި ޕްރޮގްރާމް މެދުނުކެނޑި ބާއްވާތާ 38 އަހަރު ވެފައިވާއިރު، މިރޯދަމަހު މި ޕްރޮގްރާމް ނުބޭއްވޭނެކަން ކުރިން ހާމަކޮށްފައިވަނިކޮށެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ބުނެފައިވަނީ އެ ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެވަޑައިގަތުމާގުޅިގެން، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެގޮތުން ފައުންޑޭޝަނުގެ ފަރާތުން ޖަލްސާއެއް ބާއްވަވާގޮތަށް ހަމަޖައްސަވާފައިވާކަމަށެވެ.
މި ޖަލްސާ އޮންނާނީ 26 ރަމަޟާން 1438 ވާ ބުދަ ދުވަހުގެރޭ (ރަމަޟާން މަހުގެ 27 ވިލޭރޭ) ޝީ ބިލްޑިންގެ އަސަރީ މާލަމުގައިކަމަށާއި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 10:00 ގައިކަމަށް މައުމޫން ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުުގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ އިހްޔާ ފޯރަމަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ކުރުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކު ރައީސް މައުމޫންވެސް ވާހަކަފުޅު ދައްކަވައެވެ.
މައުމޫން ފައުންޑޭޝަންގެ އިހްޔާ ފޯރަމް ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ