ހާއްސަ މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހީމް ހޮވައިފި

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަކަށް، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ. އަތޮޅު މެންބަރު އަދި ފައިނޭންސް މިނިސްޓަރު ގާސިމު އިބްރާހީމް މިއަދު ހޮއްވަވައިފި އެވެ.
ފަސް ގަޑިއިރަށްވުރެ ގިނައިރުވަންދެން ދެމިގެންދިޔަ ޖަލްސާގައި ގާސިމު އެ މަގާމަށް ހޮވިވަޑައިގަތީ ވޯޓަށް އެއްސެވި އިރު ތިއްބެވި 78 މެންބަރުންގެ ތެރެއިން 72 ވޯޓް ދެއްވައިގެންނެވެ. ހަ މެންބަރަކު ގާސިމަކަށް ވޯޓެއް ނުދެއްވަ އެވެ. އަދި ރިއާސަތާ އެކު ދެ މެންބަރުން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސަކު ހޮވަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވޯޓަށް އައްސަވަން ފެއްޓެވުމުން ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަތެވެ.
ހާއްސަ މަޖިލީހުގެ ރައީސްގެ ގޮނޑި އަށް ރައީސަކު މި ހޮއްވެވީ އެ ގޮނޑި ކުރިން ފުރުއްވި ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅު މެންބަރު އައްބާސް އިބްރާހީމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ