މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ޒައީމް، އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް މިއަދު ފުވައްމުލަކަށް ވަޑައިގެން ފިއެވެ.
އެމަނިކުފާނާ އެކު ޑީއާރުޕީގެ ބައެއް އިސް ބޭފުޅުން ވެސް ފުވައްމުލަކަށް ވަޑައިގެންނެވި އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދެވުމަށްޓަކައި ޑީއާރުޕީގެ ކެންޑިޑޭޓް ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ފުވައްމުލަކުގެ ބަނދަރަށް އެއްވިއެވެ. އަދި ޖަމާވެފައިވާ އެހެން ޕާޓީތަކުގެ ސަޕޯޓަރުންނާއި ޑީއާރުޕީގެ ސަޕޯޓަރުންނާ ދެމެދު ކޮންމެވެސް ވަރަކަށް ދެކޮޅުވެރިކަމުގެ ހަރަކާތްތަކެއް ވެސް ހިނގިއެވެ.
ޑީއާރުޕީގެ ޒައީމްގެ މި ދަތުރުފުޅުގައި މިއަދު ފުވައްމުލަކުގައި ހުރި "މައުމޫނު 2008" ކެމްޕޭން އޮފީސްތަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި އެމަނިކުފާނުގެ ސަޕޯޓަރުންނާ މިރޭ ފުވައްމުލަކު ހާފިޒު އަހުމަދު ސުކޫލުގައި ބައްދަލުކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެ އެވެ.
މައުމޫނު އަބްދުލް ގައްޔޫމް ފުވައްމުލަކުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.
ރިޔާސީ އިންތިހާބު 2008: ޑީއާރުޕީ ގެ ޒައީމް ފުވައްމުލަކަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ