ތިނަދޫއަށް ކަރަންޓް ފޯރުކޮށްދޭން ހަ ދުވަސް ނަގާނެ - ފެނަކަ

ރޭ ގދ. ތިނަދޫ އިންޖީނުގޭގައި ބަޔަކު ގަސްތުގައި ރޯކޮށްލުމުން އަނދާހުލިވެފައިވާއިރު، އެރަށަށް ކަރަންޓް ދިނުމަށް ހަ ދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްއެއްގައި އެ ކުންފުނީގެ އެމްޑީ ނިމާލް ވިދާޅުވީ ކުރީގެ ހާލަތަށް ރުޖޫއަވާން ނަގާނީ ކިތައް ދުވަސްކަން ދަންނަވަން ދަތި ކަމަށާއި ނަމަވެސް ރަށަށް ކަރަންޓް ދިނުމަށް ހަ ދުވަސް ނަގާނެ ކަމަށެވެ.
ނިމާލް ވިދާޅުވީ މުހިންމު ތަންތަނަށް ބޭނުންވާ ކަރަންޓް ދިނުމަށް ލ. ގާދޫގައި ބޭނުންކުރި ޖަނަރޭޓަރު އާއި ގއ. ވިލިނގިލި އަދި ގެމަނަފުށިން ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭގެ ސްޓެލްކޯގައި ހުރި ބޮޑު ޖަނަރޭޓަރެއް ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާއިރު އެ ޖަނަރޭޓަރު ގެންގޮސް އިންސްޓޯލްކޮށް ހިދުމަތް ދިނުމަށް ދެ ދުވަސްވަރު ނަގާނެ ކަމަށާއި ވަގުތީ ގޮތުން މުޅި ރަށަށް ކަރަންޓް ފޯރުކޮށްދޭން ހަ ދުވަސް ނަގާނެ ކަމަށް ނިމާލް ވިދާލުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ