"ދިވެހިންގެ އަޑު ރައްޔިތުން ފަނާވަނީ" ގެ ނަމުގައި އަމިއްލަ ބަޔަކު ހަރަކާތެއް ފަށައިފި އެވެ. މި ހަރަކާތަކީ ގައުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަޑު އުފުލުމަށް ފެށި ހަރަކާތެކެވެ.
މި ހަރަކާތުގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާއިރު، އެ ހަރަކާތާ ގުޅުމަށް ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ޖަމިއްޔާތަކަށް އިންތިޒާމްކުރާ ފަރާތްތަކުން މިރޭ ވަނީ ދައުވަތު ދީފަ އެވެ.
އެ ފަރާތްތަކުން މިރޭ ބުނި ގޮތުގައި މި ހަރަކާތުގެ ދަށުން ކަންބޮޑުވުންތައް ފާޅުކުރުމަށް ހާއްސަ އިވެންޓެއް ބޭއްވޭނެ ކަމަށާއި އެ އިވެންޓް ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމިއްޔާތަކަށް ދައުވަތުދިން އިރު މަޖިލީހު މެންބަރުންނަށް ވެސް ވަނީ އެ ހަރަކާތާ ގުޅުމަށް ދައުވަތުދީފަ އެވެ. އެ ހަރަކާތުން ބުނާ ގޮތުގައި އެ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރައްޔިތުންގެ މަޖިލީހުގެ އަމަލުތައް ހުރި ގޮތުންނެވެ. އެހެންކަމުން ރައްޔިތުންގެ މަންދޫބުން އެ ހަރަކާތާ ގުޅުން މުހިންމު ކަމަށް ބުންޏެވެ.
"ދިވެހިންގެ އަޑު ރައްޔިތުން ފަނާވަނީ"ގެ ނަމުގައި ހަރަކާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ