ލ.ގަމުގެ ގެއެއްގެ ކަރަންޓް ބިލަށް 24 ލާރި ނުދައްކާ އޮތް ކަމަށް ބުނެ އެގެއިން ކަރަންޓް ކަނޑާލަން ފެނަކަ ކޯޕަރޭޝަންގެ ލ.ގަމު ބްރާންޗުން ރަތް ނޯޓިސް ފޮނުވައިފިއެވެ.
މިއީ މިހައި ކުޑަ އަދަދެއްގެ ފައިސާ ނުދައްކާ އޮވެގެން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ގެއަކަށް ދިން ފުރަތަމަ ފަހަރަށް ވުން ގާތެވެ.
ކަރަންޓް ބިލް ލިބުނު ގެއިން “ވަގުތަށް” މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓް ބިލަށް 24 ލާރި ނުދެއްކި އޮތީ ވެސް ބިލަށް ފައިސާ ދައްކަން ދިއުމުން ލާރިން ބާކީ ދެވެން ނެތިގެން 24 ލާރި ފެނަކަ އިން ބަލައިނުގަތުމުން ކަމަށެވެ.
މިބިލްގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފެނަކަ އަށް އަމާޒުވެފައެވެ.
24 ލާރި ނުދައްކާ އޮވެގެން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ފެނަކަ އިން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ