ކުކުޅަކީ ގާޒާގެ ރައްޔިތުން ރޯދަ ވީއްލުމަށް ތައްޔާރުކުރާ އެއްމެ އާއްމު އެއް ބާވަތެވެ. އެހެންނަމަވެސް އެ މީހުން ކުކުޅު ކެއުމުން މަހުރޫމްވަމުންދާ ކަމަށް ގާޒާގެ ބައެއް ރައްޔިތުން ބުނެފިއެވެ. ސަބަބަކީ ކުކުޅުގެ އަގު އެ މީހުން އަތްނުފޯރާ ފަށަށް މައްޗަށް ދިއުމެވެ.
ކުކުޅު އަގު މައްޗަށް ދިއުމުގެ ސަބަބުން ކުކުޅު ވިއްކުމުގެ ކަޅު ބާޒާރެއް ވެސް ވަނީ އުފެދިފައެވެ. ރޯދަ މަސް އައުމުގެ ކުރިން ކުކުޅު ކިލޯއެއްގެ އަގުހުރީ 2.6 ( 40 ރ ) އެމެރިކާ ޑޮލަރަށެވެ. އެހެންނަމަވެސް ރޯދަ މަސް ފެށުމާއި އެކު ކުކުޅު ކިލޯއެއްގެ އަގު ވަނީ ހަތަރު ޑޮލަރަށް ( 61.68 ރ ) އަށް އަރާފައެވެ. ގާޒާ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ކުކުޅުގެ އަގު ދަށް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. އަދި އާއްމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި ސަރުކާރުން މަދު ވިޔަފާރިވެރިންތަކެއްގެ ފައިދާ އަށް މަސައްކަތްކުރާ ކަމަށް އެ މީހުން ޝައްކުކުރެއެވެ. އެހެންނަމަވެސް ސަރުކާރުން މިކަން ދޮގުކުރެއެވެ. އަދި ސަރުކާރުން ބުނެފައި ވަނީ ކުކުޅުގެ އަގު ބޮޑުވީ ކުކުޅަށް ޑިމާންޑް ބޮޑުވެގެންދިޔަ ދަނޑިވަޅު ސަޕްލައިވެސް ދަށްވެފައިވާތީ ކަމަށެވެ.
މީގެ އިތުރުން ކުކުޅުގެ އަގު ކުޑަކުރުމަށް އައިސް ކުކުޅު ގެންނަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ކުކުޅު އަގާއި ބެހޭ ގޮތުން ބައެއް ވިޔަފާރިވެރިންވެސް ވަނީ ޝަކުވާކޮށްފައެވެ. އެމީހުން ބުނަނީ އަގުބޮޑުވުމުން ގިނަ މީހުންނަށް ނުގަނެވޭ ކަމަށެވެ. އަދި އަގު ބޮޑުކުރަނީ ބޮޑެތި ވިޔަފާރިވެރިންކަމަށް ވެސް އެ މީހުން ބުންޏެވެ.
ގާޒާގެ ރައްޔިތުން ތިބީ ކުކުޅުގެ އަގު ދަށަށްދާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ރޯދަ އެކި ކަންކޮޅުތަކުން: މި ރަމަޟާން މަހު ގާޒާ ރައްޔިތުން ކުކުޅު ކެއުމުން މަހުރޫމްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ