ކަރަންޓު ބިލުތަކަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި، ރާއްޖޭގެ ހަކަތައިގެ ނިޒާމު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ބުނީ، މިހާރު ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރަން ފެށުމަކީ ކަރަންޓު ބިލުތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ.
ތަރުޖަމާނު ފާހަގަކުރި ގޮތުގައި ކަރަންޓު ބިލު ބޮޑުވުމަކީ ހަމައެކަނި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ކަރަންޓު ފޮނުވައިދޭ ވަޔަރިންގް ނިޒާމާއި އާންމު އިންފްރާސްޓްރަކްޗާގެ ފެންވަރު ރަނގަޅު ކުރުމަކީ ބިލު ކުޑަކުރުމަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. “ވަޔަރިންގް ރަނގަޅިއްޔާވެސް ކަރަންޓު ބިލު ކުޑަވޭ. އެހެންވީމަ ސީޒަނަލް މައްސަލައަކީ އެއް މައްސަލަ، ޖެނެރަލް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަކީ ވެސް މުހިންމު ކަމެއް،” އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ މަގުސަދަކީ މި ބަދަލުތަކާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
13 ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް، މަސްވެރިންނަށް އެ ބުރަ ނުޖައްސާނަން: މިނިސްޓަރު ޝިޔާމް ތެޔޮ ކުންފުނިތަކާ ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވައިފި އައްޑޫގައި ތެލުގެ އަގު އި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ