ގްރޭޓާމާލެ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ސަބްސްޓޭޝަނެއް ހުޅުލޭގައި އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ކަރަންޓު ހިދުމަތް ދޭ މައި ކުންފުނި، ސްޓެލްކޯއިން މި ޕްރޮޖެކްޓާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހުޅުލޭގައި އަޅާ ސަބްސްޓޭޝަނަކީ ގްރޭޓާ މާލޭ އިންޓާކަނެކްޝަން ޕްރޮޖެކްޓްގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭ އިންޓާކަނެކްޝަން ނުވަތަ ގުރިޑް ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގައި ހުޅުމާލެއާއި، މާލެ ގުޅާލަން ނިންމާފައިވާއިރު، އެ ސަބްސްޓޭޝަންގެ ސަބަބުން ހުޅުލެ ވެސް އެ ގްރިޑާ ގުޅިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
އެ މަސައްކަތް ފައްޓަވަން ހުޅުލޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މީޑިއާތަކާއި ވާހަކަ ދައްކަވަމުން ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވީ، އެ ކަނެޝަންއަށް ފަހު ކަރަންޓު ދިނުމުގައި ދަތިކަމެއް ދިމާވިޔަސް، ނުވަތަ ކަރަންޓަށް މައްސަލައެއް ދިމާވިޔަސް އެ ތަނުން އަނެއް ތަނަށް ކަރަންޓު ދެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓަކީ، ސަރުކާރުގެ ހާއްސަ އަހަމިއްޔަތަކާއި އެކު ކުރިޔަށް ގެންދާ ޕްރޮޖެކްޓެއްގެ ގޮތުގައި މުގްނީ ފާހަގަކުރެއްވިއެވެ.
”މި ޕްރޮޖެކްޓަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް. އެހެން ކަމަށް ވީނަމަވެސް، މިހާރު ކުރަންހުރި މަސައްކަތްވެސް މިވަނީ ކުޑަ ތަންކޮޅެއް ޑިލޭ ވެފައި. އަޅުގަނޑުމެންގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ފަރާތެއް. ކޮރޯނާ ވައިރަސްއާއި ހެދި ޗައިނާގެ ވަރަށް ގިނަ ކުންފުނިތަކެއްގެ މަސައްކަތްތައް މެދު ކަނޑާލާފައި މި އޮތީ. އެގައުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، މާލެ ސަރަހައްދާއި، ރައްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން ވަރަށް ބާރު ސްޕީޑްގައި އެބަދޭ،“ މުގުނީ
މި ޕްރްޖެކްޓްގެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލެއާއި، ވިލިނގިލި، ތިލަފުށި އަދި ގުޅިފަޅު އެއްގުރިޑަކުން ގުޅާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން، މާލޭގައި ހުންނަ އިންޖީނުގެެއަކީ ހަމަ އެކަނި ބެކަޕެއްގެ ގޮތަށް ބޭނުން ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއާއެކު މެއިން ކަނެކްޝަންގެ ގޮތުގައި ބޭނުން ކުރެވިގެންދާނީ، ހުޅުމާލޭގައި މި އަހަރު ގާއިމް ކުރަން ފެށުމަށް ނިންމާފައިވާ 50 މެގަވޯޓާއި، މިހާރު ބޭނުން ކުރަމުން އަންނަ 50 މެގަވޯޓާއި އެކު ޖުމްލަ 100 މެގަވޯޓްގެ އިންޖީނެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި ތިލަފުށީގައި ގާއިމް ކުރަން ނިންމާފައިވާ 200 މެގަވޯޓްގެ އިންޖީނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
”ސަބްސްޓޭޝަންތަކުގެ ސްޓލް ސްޓްރަކްޗަރއާއި ފައުންޑޭޝަން ނިމުމުން ޓްރާންސްފޯމަރތައް ބަހައްޓާނީ. ޕްރޮޖެކްޓްގެ ދަށުން މާލެ އަދި ހުޅުމާލޭގައި ބަހައްޓާނީ 95އެމްވީއޭ (މެގަ ވޮޓް އެމްޕް)ގެ ޓްރާންސްފޯމަރ. އަދި ހުޅުލޭގައި ހުންނާނީ 8އެމްވީއޭގެ ޓްރާންސްފޯމަރ.“ މުގްނީ
އެ ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރަމުން އަންނަ ސަބްސްޓޭޝަން ތަކުގެ ތެރެއިން މާލޭގައި ގާއިމް ކުރާ ސަބްސްޓޭޝަންގެ ސްޓީލް ސްޓްރަކްޗާ ނިމި، މިހާރު ފްލޯރިންގެ މަސައްކަތް ކުރިޔަށް ދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހުޅުމާލޭގައި ސްޓީލްގެ ކަންކަން ނިމި ޓްރާންސްފޯމަރު ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުލޭ ސްޓޭޝަންގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު އަދި މާލޭގައާއި، ހުޅުމާލޭގައި 95 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސަބްސްޓޭޝަންތަކަށް ބޭނުންވާ ކޭބަލްތައް އެޅުމަށް ކޭބަލް ޑަކްޓްސް މިހާރު ހުޅުމާލެ ލިންކްރޯޑްގައި ހަދަމުން އަންނަ އިރު، އެކަމަށް ބޭނުންވާ ކޭބަލްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ގްރޭޓާ މާލޭގެ ކަރަންޓު ގުޅާލަން ބޭނުންވާ ސަބްސްޓޭޝަން، މާލޭ ސަރަހަދުގެ ކަރަންޓު މައްސަލައިގެ ހައްލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ