ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އަވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ މައްސަލަ ހައްލު ކުރުމަށް 3 ގެން ސެޓާއި ޓްރާންސްފޯމަރުތައް ފޮނުވާފައިވާ ކަމަށާއި، 25 މެގަވޮޓް އަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
މީގެ ކުރިން ވެސް މެމްބަރު ނިހާދު ވަނީ އައްޑޫގައި ކަރަންޓް ނެތުމުން ފާޑުވިދާޅުވެފައެވެ. ނިހާދު އޭރު ވިދާޅުވީ އައްޑޫ ސިޓީގައި ކަރަންޓު ކެނޑި ހައްލު ހޯދަން މަސައްކަތް ކޮށް، ހައްލު ނުލިބި އޮންނަތާ 7 ގަޑި އިރު ވީއިރު ހިތަދޫ ހޮސްޕިޓަލާއި އަދި ފޭދޫ ހެލްތް ސެންޓަރ ފަދަ ތަންތަނުގައި އެޑްމިޓް ކުރެވިފައި ތިބި ބަލި މީހުން ތިބި ކަމަށެވެ. އަދި އެކަމަށް އެމަޖެންސީ ހައްލު ބޭނުންވާ ކަމަށާއި، ދާއިމީ ހައްލު ވަގުތުން ވަގުތަށް ބޭނުންވާ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.
އާދިއްތަ ދުވަހު، ހަވީރު 4:30 ހާއިރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނުއިރު، އޭގެފަހުން މެދުކެނޑުމެއް ނެތި ޚިދުމަތް ލިބެން ފެށީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު އެވެ. ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ރޭ މާލެއިން އައްޑޫއަށް ވަނީ ޓެކްނީޝަނުންވެސް ފޮނުވާފައެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވި، ދުވަހެއް ދުވަހަކަށް ޚިދުމަތުގެ ފެންވަރު ދަށަށް ދާއިރު، ކޮންމެ ފަހަރަކު ވެސް ފެންނަނީ މައްސަލައެއް ދިމާވުމުން ޓްވީޓަކުން ކަންކަން ނިންމާލާ މަންޒަރެވެ.
https://twitter.com/nihad_m/status/1171242060558397441
އައްޑޫގެ ކަރަންޓުގެ މައްސަލަ ވަރަށް އަވަހަށް ހައްލު ވާނެ: ނިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ