ބެއިރޫތަށް ބޮންއަޅައި ޙިޒްބުﷲގެ ކޮމާންޑަރަކު އަވަހާރަކޮށްލައިފި

އިސްރާއީލުގެ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، ޙިޒްބުﷲގެ ރަޟްވާން ފޯސްގެ ކޮމާންޑަރެއް ކަމަށްވާ މާލިކް ބަލޫ އަވަހާރަކޮށްލައިފި ކަމަށް އެ ގައުމުން ބުނެފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި މި ހަމަލާ ދިނުމަށް އަމުރުކުރީ އޭނާއާއި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ގުޅިގެންނެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އެއްބަސްވުމާ ޚިލާފުވާ ކަމުގެ ތުހުމަތު އިސްރާއީލާއި ޙިޒްބުﷲއިން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ