ރާއްޖެ ބަަނގުރޫޓް ކޮށްލިޔަސް އިންޑިއާ ސިފައިން ބަލާނެ: އުމަރު

"ދިވެހިރާއްޖެ ބަނގުރޫޓް ކޮށްލިޔަސް އިންޑިއާ ސިފައިން ބާލާނަން. އަޅުގަނޑު ނޭވާވެސް ނުލާނަން އެކަން ނުކޮށެއް އިނގޭތޯ،"
ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށާ އެކަމާ އެއްވެސް ބަޔަކަށް ކުރެވޭނެ އެއްވެސް މަޝްވަރާއެއްވެސް ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.އުމަރު މިހެން ވިދާޅުވީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އެކުވެރި ގައުމުތަކާއި ވަރަށް ރަނގަޅު ހަމަހަމަ ގުޅުމެއް ބާއްވަވާނެ އެވެ. ހާއްސަކޮށް އެކުވެރި އެއްވެސް ގައުމަކަށް ރާއްޖޭގެ ކަނޑަކުން ބިމަކުން ނުރައްކަލެއް ކުރިމަތި ކުރުވުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ އިންޑިއާއަށް ވިޔަސް ލަންކާއަށް ވިޔަސް އެ ގައުމުތަކަށް ރާއްޖެ މެދުވެރިކޮށް އެހެން އެއްވެސް ބަޔަކަށް ނުރައްކާ ކުރިމަތި ކުރުވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކުރައްވާނެ ކަަމަށެވެ."އެކަމަކު ދިވެހިރާއްޖޭގައި އިންޑިއާ ސިފައިންނަކަށް ނުތިބެވޭނެ. އެ މީހުން ޖެހޭނީ ފައިބާން. އަޅުގަނޑު އެ މީހުން ފޮނުވާލާނަަން. މިކަމަކާ އެއްވެސް ވާހަކައެއް އަޅުގަނޑާ ނުދެއްކޭނެ. މިއީ ހަމަ ސީދާ ނޮން ނެގޯޝިއޭބަލް ކަމެއް،"އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުން ރައްޔިތުންގެ ސަމާލު ކަަމަށް ގެންނެވީ އޭނާ އެވެ. މިއަދު އެ ވާހަކަ ބައެއް ބޭފުޅުން ވަރަށް ހަރުއަޑުން ދައްކަވާތީ އުފާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އިންޑިއާ ސިފައިން ތިބޭ މައްސަލައަށް ހައްލެއް ގެންނަވާ އެކަން ނިންމަވާނެ ބޭފުޅަކީ އޭނާ ކަމަށް ވިދާޅުވިއެވެ."އަޅުގަނޑަށް އެނގޭ [އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުން ހުއްޓުވަން] ވަރަށް ގިނަ ސްޓްޓާމް ލޯނުތައް ދިވެހިރާއްޖެއަށް ވަނީ ދީފައި. އޭގެ ސަބަބުން އަޅުގަނޑަށް އެނގޭ އަޅުގަނޑު އައުމަށް ފަހުވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެކަން. ދިވެހިރާއްޖެ ބަނގުރޫޓް ކޮށްލިޔަސް އިންޑިއާ ސިފައިން ބާލާނަން. އަޅުގަނޑު ނޭވާވެސް ނުލާނަން އެކަން ނުކޮށެއް އިނގޭތޯ،" އުމަރު ވިދާޅުވިއެވެ.ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅުކުރެއްވީ އުމަރެވެ. އޭގެ ފަހުން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ފައްޓަވާފައެވެ. އެމަނިކުފާނު އިސްވެ އެ ހަރަކާތް ވަރަށް ބޮޑަށް ފުޅާކޮށް ވަރުގަދަ ކުރެއްވިއެވެ. އެ މަސައްކަތަށް ހުރިހާ ގޮތަކުން ދިރުން ގެނެސްދެއްވީ ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީން އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ