"އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން މި އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަންގައި ދަންނަވާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
ފާއިތުވި ސަރުކާރުގައި އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާއާއި ހަރު މުދާ ދިނުމަށް ނިންމާފައިވާ މައްސަލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އޭރުގެ އިގުތިސާދީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓަށް ރިއާޔަތްކޮށް، އެ ތަހުގީގު ހިންގަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.
ސޯލިހާއި ފައްޔާޒުގެ އިތުރަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ލަފާދިނުމަށް ވެސް ފާސްކޮށްފައިވެ އެވެ.ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޮވެމްބަރު 17، 2018 އިން ނޮވެމްބަރު 17، 2023 ގެ ނިޔަލަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވާ ކަންކަމުގެ ރިޕޯޓު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ދީ، އަދި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އެ އޮފީހުން ބުނީ، އެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެ ކަންކަމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން މިމަހުގެ 17 ވަނަ ދުވަހު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ."އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން މި އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް އެ ކޮމިޝަންގައި ދަންނަވާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
ކޮމިޓީ ރިޕޯޓުގައި ވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންނާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފެންނަކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލަފާ އެރުވުމަށާއި، އެ ތަހުގީގުން ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެކި ހޯދިއްޖެނަމަ ދައުވާކުރަން ދެންނެވުމަށެވެ.ކޮމިޓީން އިތުރަށް ބުނެފައިވަނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގައި ކުރީ ސަރުކާރުން ގާއިމުކޮށްފައިވާ ބަދަލުދިނުމުގެ އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ބާތިލު އެއްބަސްވުންތަކެއްކަމަށް ގަބޫލުރާ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލުކުރަންޖެހޭ ކަމަށެވެ.އެގޮތުން ކޮމިޓީން ނިންމާފައިވަނީ އެއިރު ހަދާފައިވާ ބަދަލު ދިނުމުގެ އެއްބަސްވުންތައް ބާތިލުކުރަން ފުރިހަމަކުރަންޖެހޭ ގާނޫނީ ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކޮށް، އެ އެއްބަސްވުންތަކުން ދީފައި ހުރި ހުރިހާ މުދަލެއް އަނބުރާ ދައުލަތަށް ހޯދަން ކުރަންޖެހޭ އެންމެހައި ކަންކަމެއް އެކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރެއްވުމަށް ބަންޑާރަނައިބަށް ލަފާ ދިނުމަށެވެ.ބަންޑާރަނައިބަށް ކޮމިޓީން އަންގާފައިވަނީ ގާނޫނާ ހިލާފަށް ބަދަލުގެ ގޮތުގައި އެއްވެސް ފަރާތަކަށް މުދަލެއް ނުވަތަ ފައިސާއެއް ދީފައި އޮތްކަމަށް ފެނިއްޖެނަމަ އެ މުދަލެއް ނުވަތަ ފައިސާއެއް އަނބުރާ ދައުލަތަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށެވެ.ރައީސް ސޯލިހުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅުގައި އެއްވެސް އުސޫލެއް ނެތި ކޯޓުން ބޭރުން އެއްބަސްވުންތައް ހަދައިގެން ބަދަލު ދޭން ފެށިއެވެ. އެގޮތަށް އުސޫލެއް ނެތި ބަދަލުދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާކަމެއްގެ ގޮތުގައި އޭސީސީ އަދި ބޭރުގެ މާލީ އިދާރާތަކުންވެސް ފާހަގަކުރި އެވެ.އެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށް ފަހުން ރައީސް އޮފީހުގައި ކޮމިޓީއެއް އެކުލަވައިލާ އުސޫލެއްގެ ދަށުން އެކަން ކުރަން ފެށި އެވެ. ނަމަވެސް އެ އުސޫލުގައިވެސް ބަދަލު ދިނުމުގައި ބަލާނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައި ނެތުމުން ހުރިހާ ނިންމުމެއް ނިންމަމުން ދިޔައީ ސެޓްލްމެންޓު ކޮމިޓީންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބަދަލުދިން މައްސަލައިގައި ސޯލިހާއި ފައްޔާޒުގެ މައްޗަށް ތަހުގީގު ހިންގަން ޕީޖީ އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ