މަޖިލިސް އިންތިހާޞުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕާޓީގެ އެތެރޭގެ ޕްރައިމެރީ ދާއިރާގެ މަޖިލިސް ކުރީގެ ގިނަ މެމްބަރުންތައް ކާމިޔާބުކޮށްފި އެވެ.
73 ދާއިރާއަކުން 71،597 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެން ދިޔަ މި އިންތިހާބުގައި 289 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާތަކާއި އެކު ޓިކެޓު ކަށަވަރު ކުރި ކެންޑިޑޭޓުން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. އެގޮތުން ބައެއް ދާއިރާތަކަށް ބަލާއިރު 18 ވަނަ މަޖިލީހުގައި މެމްބަރުންގެ ގޮތުގައި ތިއްބެވި މެޖޯރިޓީ މެމްބަރުން ވަނީ އިންތިހާބު ކާމިޔާބުކޮށް ޓިކެޓު ހޯއްދަވާފަ އެވެ.
އޮފިޝަލުންގެ އެކައުންޓުތަކުން ފެންނަން ހުރި މައުލޫމާތުތަކުގައި ވާގޮތުން ދިއްގަރު ދާއިރާގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ކަށަވަރު ކުރައްވާފަ އެވެ. އަދި އިނގުރައިދޫ ދާއިރާގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ކާމިޔާބު ކުރެއްވިއިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ މަގުމަތީގެ ހުރިހާ ހަރަކާތެއް ވެސް އިންތިޒާމުކޮށް އެންމެ އިސްކޮށް އުޅުއްވި މުހައްމަދު އިސްމާއީލަށް ވަނީ ވިލިމާލެ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފަ އެވެ. މުހައްމަދު އިސްމާއީލަކީ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރެވެ.
މީގެއިތުރުން މާފަންނު މެދު ދާއިރާގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ) ކާމިޔާބު ކުރެއްވިއިރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ އޭނާގެ ކުރީގެ ދާއިރާ މާފަންނު މެދު ޓިކެޓު ކަށަވަރު ކުރައްވާފަ އެވެ.
ތިނަދޫ އުތުރު ދާއިރާގެ ޓިކެޓު އެ ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ކާމިޔާބު ކުރައްވާފަ އެވެ، އަދި މިލަންދޫ ދާއިރާގެ ވެސް ޓިކެޓު ލިބިފައި ވަނީ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދަށެވެ.
މަޖިލީހުގެ ކުރީގެ މެމްބަރުންގެ ތެރެއިން ފުވައްމުލަކު މެދު ދާއިރާގެ ޓިކެޓު އަލީ ފަޒާދަށް، ފޭދޫ ދެކުނު ދާއިރާއަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ޓިކެޓު ލިބިވަޑައިގެންނެވި ފާހަގަކުރެވޭ އެހެން ބައެއް ބޭފުޅުންގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު އައިފާން ހިމެނެ އެވެ. އޭނާ ވަނީ ހެންވޭރު އުތުރު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރައްވާފަ އެވެ.
ޕްރައިމެރީއަކާއި ނުލައި ޓިކެޓު ލިބުނު ކެންޑިޑޭޓުންނަކީ:
ޕީޕީއެމް/ޕީއެންސީ ޕްރައިމެރީ: ދާއިރާގެ ކުރީގެ ގިނަ މެމްބަރުންނަށް މަޖިލިސް ޓިކެޓު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ