ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް 15 ގައި ބާއްވަނީ!

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ތާރީހު އިއުލާނު ކުރައްވައި ހަބީބް ވިދާޅުވީ 27 ފެބުރުއަރީގައި ކެނޑިޑެސީ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީ.ސީ އިން މިއަދު ނިންމައިފި. ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން.@ElectionsMv @mvpeoplesmajlis @psmnewsmv @Ch13official @Raajje_tv @Sangu_TV
— Ismail Habeeb (@IsmailHabeeb) February 26, 2023
ބައި އިލެކްޝަން ބާއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހިމް ރިޒާ 23 ފެބްރުއަރީ 2023 ގައި އަވަހާރަވުމުންނެވެ.
ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެކެވެ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުންނެވެ.
ގާނޫނުއަސާސީގެ 79 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ