ރައީސް ވިދާޅުވީ އާއިލާތަކުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ބެލެނިވެރިން ވަމުންދާ މަތިވެރި ގުރުބާނީއާއި، ނުގުޑާފަދަ އިޚްލާޞްތެރި މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭކަމަށެވެ.
On this #GlobalDayofParents, we honour the selfless commitment of parents whose lifelong sacrifice nurtures the foundation of our families. Their love and resilience shape future generations, the strength of our nation, and we stand together for parents in recognizing their vital… pic.twitter.com/sfeR9ML962
މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، އެފަރާތްތަކަށް އެހީތެރިވުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ރައްކާތެރިކުރުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބެލެނިވެރިން ނުވަތަ ޕޭރަންޓްސް ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބެލެނިވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.
ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ ޖީލުތައް ބައްޓަންކޮށްދޭ އަސާސް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ