ފުލެޓުތަކުގެ ވެރިން މާލެއަށް ރަޖިސްޓްރީވާން ހުށަހެޅުމަށް އިލްތިމާސްކޮށްފި

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ، ރަޖިސްޓްރީ ހައްދައިދިނުމުގެ ކަންކަން ލަސްވަނީ ސިޓީ ކައުންސިލުން އެކަން ކުރިއަށް ނުގެންދާތީ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ފުލެޓު ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް ލަސްނުކޮށް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ސިޓީ ހޯދުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ރަޖިސްޓްރީވުމުގެ މުއާމަލާތް ހުށަހެޅުމަށް ފަހި ޔޫނިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ