މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ހަބަރުތައް ގެނެސްދެއްވި ޑރ. ހުސައިން ސަނީ އުމަރު، ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ހާޒިރުކޮށްފިއެވެ.
ފުލުހުން ބުނީ، ސަނީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު، ރާއްޖެ އައުމާއެކު އެފްސީޕީއަށް ސުވާލުކުރުމަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސްއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.
އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.
މި މައްސަލައިގެ އޭނާއާއި ގުޅިގެން އެކިވާޙަކަތައް ދަނީ ސޯޝަލްމީޑިއާގައި ދެކެވެމުންނެވެ. ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައި ކަމަށް ބުނެ ވާހަކަތައް ދެކެވެއެވެ.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ސަނީ އުމަރު ރާއްޖެ އައުމާއެކު ފުލުހަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ