މި ވަގުތުމީ ކައުންސިލް އިންތިޚާބަށް ތައްޔާރުވާންވީ ވަގުތު – ރައީސް ޞާލިހު ފަރުވާ ފުރިހަމަކުރި 18 ޕަސެންޓު މީހުން އަލުން ޑުރަގު ނެގި:ޑުރަގު ކޯޓު މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް އެޅިފައިވޭ- ރައީސް ފައިނުގައި ނުރައްކާތ

ހިޖުރީ އައު އަހަރާއި ގުޅުވައިގެން ގެފުޅުގެ “ކިސްވާ” ނުވަތަ އުރަކޮޅު ބަދަލުކޮށްފިއެވެ.
ކިސްވާ އަކީ ކަޅު ކުލައިގެ ސިލްކް އެމްބްރޮއިޑަރީ ކޮށްފައިވާ ފޮތިގަނޑެކެވެ. ކިސްވާ ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެގެން ލިޔާ ކީރިތި ޤުރްއާނުގެ އާޔަތްތަކާއެކު އެންމެ މޮޅު ފަށުވިންނެވެ.
2022 ވަނަ އަހަރާ ޖެހެންދެން ގެފުޅުގެ އުރަކޮޅު ބަދަލު ކުރަމުން އައީ ޙައްޖު ދުވަހުގައެވެ. ނަމަވެސް 2022 ފެށިގެން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމާފައި ވަނީ ކޮންމެ ހިޖުރީ އައު އަހަރަކާ ގުޅުވައި ގެފުޅުގެ “ކިސްވާ” ނުވަތަ އުރަކޮޅު ބަދަލުކުރުމަށެވެ. ކައުބާގެ އުރަކޮޅު އައުކުރުމަކީ މައްކާގެ އާދަތަކުގެ ތެރޭގައި ހިމެނޭ އާދަކާދައެކެވެ.
އައު އުރަކޮޅު ބަދަލުކުރުމުގެ ރަސްމިއްޔާތު ފެށެނީ ކުރީގެ އުރަކޮޅު ނަގާ ހިސާބުންނެވެ. އެގޮތުން، ހަރަމްފުޅުގެ އޮފިޝަލުންނާއި މުވައްޒަފުން އިއްޔެ ވަނީ ދިގުމިނުގައި 6.35 މީޓަރު އަދި ފުޅާމިނުގައި 3.33 މީޓަރު ހުންނަ ކައުބާގެ ކުރީގެ އުރަކޮޅު ނަގާފައެވެ.
އާ ކިސްވާގައި އެމްބްރޮއިޑަރީ ކޮށްފައިވާ ކަޅު ކުލައިގެ 47 ސިލްކް ޕެނަލް ހިމެނޭއިރު، އެޕެނަލްގައި ރަނާއި ރިހީގެ ރޮދިން ވިޔެގެން 68 ޤުރުއާނުގެ އާޔަތްތައް ލިޔެ ޒީނަތްތެރިކޮށްފައިވެއެވެ.
އާ ކިސްވާގެ ބަރުދަނުގައި ގާތްގަނޑަކަށް 1،415 ކިލޯ ހުންނައިރު އުސްމިނުގައި ހުންނަނީ 14 މީޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ