2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވުމާމެދު ސީދާ ޖަވާބެއް ދެއްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެކޮޅު ހައްދަވައިފި އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ އެއްސެވުމުން އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައި ރައީސް ޞާލިޙް ވަނީ "ތިއީ މިއަދު ކުރަން ހެޔޮވާވަރު ސުވާލެއް ނޫން" ކަމަށް ވިދާޅުވެފައެވެ.
"އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އެކީގައި މަސައްކަތްކުރަން ފަށާ ވަގުތެއްގައި އަހާކަހަލަ ސުވާލެއް ނޫން ތިއީ." ރައީސް ޞާލިޙް ވިދާޅުވި އެވެ.
މިއާއެކު ރައީސް ޞާލިޙް ވިދާޅުވީ، މިވަގުތު އެމްޑީޕީ ކުރަން އޮތް ކަމަކީ، އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ.
ތި ދައްކަވަނޫ 2028ގެ ވާހަކަ. އަޅުގަނޑުމެން ކުރިމަތީގައި އެބައޮތް، 2026 ގެ ކައުންސިލް އިންތިޚާބު. އެ ވިން ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން ކުރަންވާނެ.
ރިޔާސީ އިންތިޚާބުގެ އިންޓަރެސްޓް ހުރި ބޭފުޅުން މިހާރުވެސް އެބަ މަސައްކަތް ކުރައްވާ. އެކަމު އަޅުގަނޑަށް ފެންނަނީ އެކަންކަން އެހަށް މަޑު ޖައްސަވާލައްވަން. ކޮށްފަ ފޯކަސް ކުރަން އެންމެން އެކީގައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގައި ގިނަ ދުވަސްވީ ބޭފުޅުންތަކެއް އެ ޕާޓީން މީގެ ދެ އަހަރު ކުރިން ވަކިވެފައިވާއިރު، އެ ބޭފުޅުން ދާދިފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ. އެއާއެކު އެ އެންމެހާ ބޭފުޅުންނަށް ރައީސް ޞާލިޙް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޞާލިޙްގެ ޖަވާބެއް ނެތް، "ތިއީ ކުރަން ހެޔޮވާވަރު ސުވާލެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ