"ތިބާއާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ތިބާއަށް އެވަނީ ހުރިހާ ކަމެއް ޙާޞިލްކުރެވިފައެވެ. ތިބާއާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންނުވާނަމަ ތިބާއަކީ ކިތަންމެ ތަނަވަސް މީހަކުނަމަވެސް ތިބާއަކީ އެންމެ ނިކަމެތި މީހުންގެ ތެރެއިން ހިމެނޭ މީހެކެވެ.
ތިބާއަށް ނޭވާލެވޭނީ އޮކްސިޖަން ލިބިގެންނެވެ. އެކަމަކު އޮކްސިޖަން ތިބާއަކަށް ނުފެންނާނެއެވެ. ހަމައެފަދައިން ތިބާއަށް ދިރިހުރެވެނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ނަމަވެސް މިދުނިޔެއަކު ﷲ ތަޢާލާ އަހުރެމެންގެ ލޮލަލަކަށް ނުފެންނާނެއެވެ.
ދުނިޔެއިން ތިބާއަށް ލިބޭ ކޮންމެ ނިޢުމަތަކީވެސް އެނިޢުމަތެއް ތިބާއާއިއެކު ދަމަހައްޓަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ކޮންމެ ވަޤުތަކުވެސް ތިބާއާއި ވަކިވެގެން ހިނގައިދާނެ އެއްޗެކެވެ. ނަމަވެސް ތިބާ ﷲ ތަޢާލާ އާއިއެކުގައިވުމަށް މަސައްކަތްކުރާނަމަ ދުވަހަކުވެސް ތިބާއަށް ﷲ ތަޢާލާ ގެއްލިގެނެއް ނުދާނެއެވެ.
އަދިވެސް ތަކުރާރުކޮށްލާނަމެވެ. ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ ތިބާއަށް އުނިވާނެ އެއްވެސް ކަމެއް ނެތެވެ. ތިބާ ހުންނާނީ ފުދިގެންނެވެ. ހިތްފުރިގެންނެވެ. ﷲ ތަޢާލާ ތިބާއާއިއެކު ވޮޑިގެންނުވާނަމަ ތިބާއަށްވުރެ ބޮޑު ނިކަމެއްޗަކު ނުވެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ﷲ ތަޢާލާ ތިބާއާއިއެކު ވޮޑިގެންވާ މީހުންނާއި ވޮޑިގެން ނުވާ މީހުންގެ ހުރި ތަފާތު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ