ޖޭއެސްސީގެ އާންމު މެންބަރުގެ މަގާމަށް 8 ބޭފުޅަކު ކުރިމަތިލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އާންމު މެންބަރުކަމުގެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގެ އާންމު މެންބަރު ކަމުގެ މަގާމަށް މިދިޔަ މަހު 12ގައި ހުޅުވާލީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. އާމިނަތު އުއްމުކުލްސޫމްގެ ފަސް އަހަރުގެ ދައުރު އަންނަ މަހު 6އަށް ހަމާވާތީ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:
އިބްރާހިމް ޒާހިދު، ލިލީމާގެ/ގދ. ވާދޫ
އަހްމަދު އަލީ އާމިރު، މއ. ޕެންޒީވިލާ
އިދްރީސް ފައުޒީ، ފަހިވާގެ/ލ. ކަލައިދޫ
އަހްމަދު ޝާފިއު، އުދަރެސް/ހއ. އިހަވަންދޫ
ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
ހަސަން ވަހީދު، ރަންކޮކާގެ/ހދ. ކުރިނބީ
އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު ރސ. 1851
މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. މި މާގާމަށް ބޭފުޅަކު އައްޔަން ކުރާނީ އެ ކޮމިޓީން ނިންމާ ގޮތެއް މަތިން، މަޖިލިސް ޖަލްސާގައި އެ ބޭފުޅަކަށް ރުހުން ލިބިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ