ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީޙުގެ އިސްދޫ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި، އަލީ ހަމީދު އެޕާޓީން ވަކިވެ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ އެކަމަށްޓަކައި މިއަދު މުލިއާގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ހަމީދު އެމްޑީޕީއަށް ސޮއިކުރުމުން މަޖިލީހުގައި ހިމެނޭ އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.
ހަމީދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މެމްބަރު ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަނުން ވަކިވެ، ވަކިން އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޖުމްހޫރީ ޕާޓީގެ މި ނިންމުމާއެކު އެ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރާ ގިނަ ބޭފުޅުންތަކެއް ވަނީ ޖުމްހޫރީ ޕާޓީ ދޫކޮށް، ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ. އޭގެތެރޭގައި ބައެއް ވަޒީރުންވެސް ހިމެނިވަޑައިގެންނަވައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
ޖޭޕީން ވަކިވެ، މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ