ޕީޕީއެމް ނާރާނެ އެހެން ޕާޓީއެއްގެ ފަހަތަކަށް، ކެނޑިޑޭޓަކީ ރައީސް ޔާމީން: ޢަބްދުއްރަޙީމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށާ އެ ކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ޕީޕީއެމް ކޯލިޝަންގެ ހިންގުމާ މިވަގުތު ހަވާލުވެގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް އަލަށް ސޮއި ކުރެއްވި މެންބަރުންގެ ފޯމްތައް ހަވާލު ކުރުމަށް ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށް ދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީނު ޖަލުގައި ބާއްވައިގެން ވެސް ޕީޕީއެމް މެންބަރުންގެ ބޮލަށް ޗިޕް ނުޖެހޭނެ ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ ޕިޕީއެމް ކޯލިޝަންގެ ލީޑަރޝިޕުން ރައީސް ޔާމީން އަންގަވާގޮތަށް ނޫނީ ފިޔަވަޅެއްވެސް ނާޅާނެ ކަމަށާ ރައީސް ޔާމީން މިނިވަން ކުރުމަށްވުރެ މުހިއްމުކަމެއް ޕީޕިީއެމްއަކަށް ނެތްކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ބައިބައި ނުކުރެވޭނެ ކަމަށާ ޕީޕީއެމް ވެރިކަމުގައި އޮތް އިރަށްވުރެ މިހާރު މެންބަރުން ވެސް ގިނަ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ އުއްމީދާ ރާއްޖޭގެ ތަރައްޤީ ގުޅިފައިވަނީ ވެސް ރައީސް ޔާމީނާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމީން ﷲގެ ރަޙުމަތާއެކު އެނބުރި ވަޑައިގަންނަވާނީ ވަރަށްގަދަކޮށް ކަމަށާ ރައީސް ޔާމީނަށާ ޕީޕީއެމް ކޯލިޝަނަށް ތާޢީދުކުރައްވާ ބޭފުޅުން މާޔޫސްވެ ވަޑައި ނުގެންނެވުމަށް ގޮވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ